ޚަބަރު
ކޮންމެ ލަގަބެއް ދެއްވި ނަމަވެސް އެލަގަބެއް ލިބިވަޑައިގަންނަވާނެ ބޭފުޅަކީ ރައީސް ނަޝީދު: ޑރ. މައުސޫމް
ގެސްޓްހައުސްތަކުގެ ރަސްގެފާން، ބާނީ، ޒައީމް ނުވަތަ ދޮންބެގެ ލަގަބު އެއްވެސް ބޭފުޅަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ދޭނަމަ "އެލަގަބު" ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ޓްއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ އަބްދުﷲ ރަޝީދަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ސްޓްރެޓެޖިސްޓް ކަމަށެވެ.

"ގެސްޓްހައުސް ވިޔަފާރިއަކީ އާއްމު ރައްޔިތުންނާއި ރަށްރަށުގެ މުޖުތަމައަށް ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބިގެންދާ ވިޔަފާރިއެއް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.



ގެސްޓްހައުސް ވިޔަފާރި އާއި ގުޅިގެން ކޮންމެ ލަގަބެއް ދެއްވި ނަމަވެސް އެލަގަބެއް ލިބިވަޑައިގަންނަވާނެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގެ ރަށް ފުށަށް ތައާރަފް ކުރެއްވުމުގެ ވިސްނުމަކީ ރައީސް ނަޝީދުގެ ވިސްނުންފުޅެކެވެ. އަދި އެމަނިކުފާނުވަނީ ރާއްޖޭގެ ރަށެއްގައި ފުރަތަމަ ހުޅުވި ގެސްޓްހައުސް 2012 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ލ.ގަމުގައި ހުޅުވި ގެސްޓްހައުސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކޮށްފައި ހުންނަތާ ހަ މަހަށްވުރެ ގިިނަ ދުވަސް ފަހުން އިއްޔެ ވަނީ އަލުން ހުޅުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
53%
18%
18%
12%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު