ދުނިޔެ
އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ ބަޔަކު މަރުވެއްޖެ
އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަބަޔަކު މަރުވެއްޖެއެވެ.

ރެކްޓަރު މިންގަނޑުން 6.2 ގެ ބާރުގަދަ ބިންހެލުން ސުލަސެވީއަށް އައިސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ބިމުގެ ދިހަ ކިލޯ މީޓަރު އަޑިން އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައިނުވިނަމަވެސް އޭގެ ސަބަބުން ޗަކަ ފޭބުމުގެ ހާދިސާތައްވަނީ މެދުވެރިވެފައެވެ.  

ބިންހެލުން އައި ސަރަހައްދުގެ ޑިޒާސްޓާ މިނިގޭޝަން އެޖެންސީން ވިދާޅުވީ އެޖެންސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވެފައި ވަނީ 42 މީހުން ކަމަށާއި ޒަހަމްވެފައި ވަނީ 787 މީހުން ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އެއަށްވުރެ މާބޮޑަށް އިތުރެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވެފައިވާ އެންމެންނަކީވެސް މަމުޖޫ ސިޓީން މަރުވެފައިވާ މީހުންނެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެ ސިޓީގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުންޏެވެ.

ބިންހެލުން އައީ އިންޑޮނީޝިއާ ގަޑިން މިއަދު މެންދުރު 1 ޖެހިއިރު އައި ވަރުގަދަ ލޮޅުމަކާ އެކު އެވެ. ބިންހެލުން އައި ނަމަވެސް ސުނާމީގެ އިންޒާރު ދީފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ވަނީ ރައްކާތެރި ހިސާބުތަކުން ހިމާޔަތް ހޯދައިފަ އެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އޭޝިއާ އިން 226،000 މީހުން މަރުވި އެވެ. އިންޑޮނީޝިއާ އިން އެކަނި 120،0000 މީހުން މަރުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު