ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަދާލަތު ޕާޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އިސްމާއިލް ރިޒާ
17 ޖެނުއަރީ 2021 - 16:46
0
comments
Tweet
Telegram
އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްކަމުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު ކަމަށާއި އެއިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ
އަދާލަތު ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު / އަސާސީ ގަވައިދު ބަދަލުކޮށް، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އަދާލަތުގެ އިންތިހާބު ބާއްވަން ތައްޔާރުވެފައިވާއިރު، ޕާޓީގެ ރަައީސްގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރު ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޕާޓީގެ މަގާމުގައި ދެމި ތިއްބެވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ޕާޓީގެ ރައީސްކަމުގެ މަގާމަށް ޝައިޚް އިމްރާން އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 2011 ވަނަ އަހަރުއެވެ.
އަދާލަތު ޕަޓީގެ ގަވާއިދު އޮންނަގޮތުން، ރައީސާއި ނައިބު ރައީސްއަށް ކުރިމަތިލައްވަން ޖެހޭނީ އެކުއެކީގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
އިމްރާން މަޖިލީހަށް ވާދަ ކުރައްވަން ނިންމަވައިފި
3 މަސް ކުރިން
0
6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކުރަނީ؛ އެމްޑީޕީއަށް 15, ޕީޕީއެމްއަށް 10 މިލިއަން
3 މަސް ކުރިން
0
މަޖިލީހަށް ކުރިމަތިލާން އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލައިފި
5 މަސް ކުރިން
1
އެމްޑީޕީއާއި އަދާލަތު ގުޅިގެން ކުރިއަށް ދާން މަޝްވަރާކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަލީ މޫސާ އަށް ވުރެ ރަނގަޅު ކެނޑިޑޭޓެއް ހޯރަފުށި ދާއިރާއިން ނުފެންނާނެ: އަބްދުއްރަހީމް
30 މިނެޓް ކުރިން
0
އިދިކޮޅުގެ ހިތުގައި އޮތީ ބަޣާވާތްކުރަން
1 ގަޑިއިރު ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
15 ގަޑިއިރު ކުރިން
0
ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި
15 ގަޑިއިރު ކުރިން
0