ޚަބަރު
ކޮވިޑް19: ވެކްސިން ޖަހަން ރަޖިސްޓްރީވާން މާދަމާ ހުޅުވާލަނީ
ކޮވިޑު-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މާދަމާ ހެނދުނު ހުޅުވާލާނެކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެކަން އިއުލާންކޮށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރީތައްވަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވެކްސިން ޖެހުމުގައި އިސްކަންދޭނެ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތަކުގެ މައުލޫމާތު އެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ރަޖިސްޓްރޭޝަނަށް ޕޯޓަލެއް ވަނީ ތައާރަފްކޮށްފަ އެވެ. ރަޖިސްޓްރޭޝަނަށް ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.

މާދަމާ އިން ފެށިގެން ހުރިހާ ސިއްހީ ހިދުމަތްތެރިން ޕޯޓަލްގައި ރެޖިސްޓްރީ ވުމަށް އެެޗްއީއޯސީ އިން ވަނީ އެދިފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި، އެލޮކޭޝަން ފްރޭމްވޯކް ތަރުތީބުން އިތުރު ފަރާތްތަކަށް، ވެކްސިނަށް ރެޖިސްޓާ ވާން ހުޅުވާލާނެއެވެ.

ވެކްސިން އާ ގުޅޭގޮތުން މިރޭގެ ޕްރެސްގައި މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިޔުނައިޒޭޝަން ގެ ޗެއާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބަލި ކޮންޓްރޯލު ކުރުމަށް ވެކްސިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި، ކޮވިޑަކީ ވެސް ވެކްސިންގެ ޒަރިއްޔާ އިން ކޮންޓްރޯލު ކުރެވެނެ ބައްޔެއް ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ގައުމުން ބަލި ނައްތާލެވުނު ނަމަވެސް މިހާރު ދަތުރުފަތުރުގެ ކަންތައް އޮންނަ ގޮތުން އެ ބަލި އަލުން އިމްޕޯޓު ވުމުގެ ފުރުސަތުވެސް އޮންނަ ކަމަށާއި، އެހެންކަމުން، ކޮވިޑު ނައްތާލުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކަށް ވާނީ ވެކްސިން ކަމަށެވެ.

"ވެކްސިން ލިބޭ މިންވަރަކުން އަޅުގަނޑުމެން ޖެހޭނީ ތައްޔާރުވާން،"

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ. ނަމަވެސް އިންޑިއާއިން އުފައްދާ އެ މީހުންގެ އަމިއްލަ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެން އިވެންޓެއްގައި ސުދީރު ވިދާޅުވީ އިންޑިއާގެ "ބާރާތު" ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު