ދުނިޔެ
ރަޝިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި
ޖަރުމަނުގައި ހުރެގައި މިއަދު ރަޝިޔާއަށް ދިޔުމުން ރަޝިޔާގެ އިދިކޮޅު ލީޑަރު އެލްކެސޭ ނަވަލްނީ ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ. އެގޮތުން މޮސްކޯގެ ޕްރިޒަން ސަރވިސް އިން މިހާރުވެސް ވަނީ ޕެރޯލްގެ ޤަވާއިދުތަކާ ނަވަލްނީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އޭގެ ނަތީޖާއެއްގެ ގޮތުން 3 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބުނެފައެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީ ދަތުރުކުރި ފްލައިޓު ޖައްސަން ކުޑަ އިރުކޮޅަކަށްވެފައިވަނިކޮށް ރަޝިޔާ ސަރުކާރުން އަންގައިގެން އެ ފްލައިޓުވަނީ އެހެން އެއާޕޯޓަކަށް ބަދަލުކޮށްފައެވެ.

ފްލައިޓުން ފޭބުމަށްފަހު ޕާސްޕޯޓް ކޮންޓްރޯލް ހުރަސް ކުރުމާއި އެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރި އިރު އެކުގައި ވަކީލެއްވެސް ގެންދިޔުމުގެ ފުރުސަތު ނުދެއެވެ.

މިދޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ނަވަލްނީ ހުރީ ޖަރުމަންވިލާތުގައެވެ. އޭނާ ޖަރުމަނަށް ދިޔައީ ރަޝިޔާގައި ހުއްޓާ އޭނާ ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެންނެވެ. އަދި ފަހުން އެނގުނު ގޮތުގައި އޭނާއަށް ބަލިވީ ވިހައެއް ހަށިގަނޑަށް ގޮސްގެންނެވެ. އަދި އެކަން ކޮށްފައިވަނީ ރަޝިޔާ ސަރުކާރުން ކަމަށް ތުހުމަތު ކުރެވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު