ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައިޖީއެމްއެޗްގެ ލެބުން ދެ ލައްކަ ޕީސީއާރް ޓެސްޓު ހަދައިފި
މަރިޔަމް އަނާ
18 ޖެނުއަރީ 2021 - 02:42
0
comments
Tweet
Telegram
މިހާތަނަށް 200،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ މިހާތަނަށް އެހޮސްޕިޓަލްގެ ލެބޯޓަރީން 203450 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާކަމަށެވެ.
އައިޖީއެމްއެޗުން ކޮވިޑުގެ ޕީސީއާރު ޓެސްޓުކުރަން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ 29 ވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރުގެ މާޗު ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 3 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އައި.ޖީ.އެމް.އެޗުގައި ކޮވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް މިހާރު އެޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއިން ކޮވިޑް-19ފެނުނުތަކާ މިއަދަށް 316 ދުވަސް ވެފައިވާއިރު މިހާތަނަށް ބައްޔަށް ޓެސްޓްކުރުމަށްޓަކައި ވަނީ 3 ލައްކައަށް ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 14 ހާހަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ނެވެ. އެގޮތުން ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން މިއަދު ހުޅުވާލާފައި ވަނީ ހުޅުވާލާފައި އެވެ.
އެޗްއޯއީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ހުޅުވާލަނީ ސިއްހީ ޚިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށާއި އެގޮތަށް ކަނޑައެޅީ ކުރިން ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ. އެކަމަކު ވެކްސިން ޖަހަން ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށާއި ވެކްސިން ޖަހަން ފެށުމުގެ ކުރިން މީހުން ތަމްރީނު ކުރުމާއި އާންމުން ހޭލުންތެރި ކުރުވުމާއި ބަލަން ޖެހޭނެ އިތުރު ކަންތައްތަކަށް ފަހު ކަމަށާއިި އެ މަސައްކަތް ކުރިއަށް ދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަށް ވެކްސިން ޖަހަން. އެހެން ނަމަވެސް ހަމައެކަނި އަވަސްކޮށް ޖެހުމަށް ވުރެ ރަނގަޅަށް ކުރަން. ރަނގަޅަށް ތައްޔާރުވެގެން ވެކްސިން ޖެހުމަށް މި ތައްޔާރު ވަނީ. އަޅުގަނޑުމެންނަށް ދުވަހެއް ކަނޑައެޅުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނަން." ނަޒްލާ ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
1 މަސް ކުރިން
0
5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި
1 މަސް ކުރިން
0
ވެންޓިލޭޓަރު މައްސަލައި 32 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދުބާއީ ކޯޓުތަކަށް ހުށަހަޅަނީ
1 މަސް ކުރިން
0
ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަން: ރައީސް
1 ގަޑިއިރު ކުރިން
0
ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި
6 ގަޑިއިރު ކުރިން
0
ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި
7 ގަޑިއިރު ކުރިން
0
އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީން
9 ގަޑިއިރު ކުރިން
0