ޚަބަރު
އަދުރޭ އާއި ޝުޖާއު ހައްޔަރު ކޮށްފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ވެސް މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ހައްޔަރު ކޮށްފިއެވެ.


އެ ދެ ބޭފުޅުން ހައްޔަރު ކުރީ ކޮވިޑު-19 ގެ ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުންނާއި، ވެކްސިން އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ނަސީމް އާއި ހިއްސާ ކުރައްވަން އަދުރޭ އާއި އިދިކޮޅުގެ ބައެއް ލީޑަރުން ހެލްތު މިނިސްޓްރީ އަދި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެ ކައިރިއަށް ގޮސް އިހުތިޖާޖުގެ ކުރަމުން ދަނިކޮށެވެ. 

އިދިކޮޅުން ދާދިފަހުން ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން ވެސް މި ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި ދުވަހުގެރޭ ކޯޓަށް ނުގެން ގޮސް އެ ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅުގެ ހަރަކާތްތައް އިތުރު ކުރަމުންދާއިރު އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ؟" ގެ ނަމުގައި މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އިދިކޮޅުގެ މަގުމަތީ ހަރަކާްތް އިތުރު ކޮށްފައިވާއިރު މިހާރު ވަނީ އަނެއްކާ ވެސް މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު