ޚަބަރު
މާދަމާއިން ފެށިގެން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖަހަން ފަށަނީ
ކޮވިޑް-19 އިން ދިފާއުވުމަށް މާދަމާ އިން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ހޮސްޕިޓަލްތަކާއި ރައްޔިތުންގެ މަޖިލީހާއި އިސްލާމީ މަރުކަޒުގައިވެސް ވެކްސިން ސެންޓަރުތައް ވަނީ ހަދާފައެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 117،115 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލެ ސަރަހައްދުން 77،251 މީހަކަށާއި ނއަތޮޅުތަކުން 39،864 މީހަކަށެވެ. 

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ގައުމުން އެ ބާވަތުގެ 200،000 ޑޯޒް ހަދިޔާ ކޮށްފައިވާއިރު، ޗައިނާއިން ވެެސް ވަނީ 100،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފަ އެވެ. އެކަމަކު ސައިނޯފާމް ރާއްޖޭގައި ބޭނުން ކުރާކަށް އަދި ނުފަށަ އެވެ،

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު