ޚަބަރު
ޕީޕީއެމްޕީއެންސީ ކެމްޕޭނު ރީ ލޯންޗިންގ ހޮނިހިރު ދުވަހު ރޭ
އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނު އަލުން ފެށުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން އަންނަ ހޮނިހިރުދުވަހުގެ ރޭގައި ޚާއްޞަ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ރީ ލޯންޗިންގ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ޕީޕީއެމް އޮފީހުގައި ކަމަށެވެ. ކައުންސިލް އިންތިހާބަށް އިދިކޮޅުން ވާދަކުރާ ހުރިހާ ކެންޑިޑޭޓަނުންނަށް ވާޗުއަލްކޮށް ބައިވެރިވެވޭ ގޮތަށް ބާއްވާ ޖަލްސާ ކުރިޔަށްދާނީ އެޗްޕީއޭގެ ގައިޑްލައިންއާ އެކު ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމުގައި ޕީޕިއެމްގެ ފަރާތުން އިސްކޮށްއުޅުއްވާ، މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރީލޯންޗް ކުރުމަށް ވަރަށް ކުލަ ގަދަ ހަފްލާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. 

އެ ހަރަާތުގައި ކެނޑިޑޭޓުން ޕްރޮމޯޓް ކުރާނެ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކުރާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

މިދޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕީޕިއެމް އިން ވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކޮށްފައެވެ. އަދި ޕީޕީއެމްގެ މައިގަނޑު ފަސް ސިޔާސަތު ވެސް އެ ޕާޓީން ވަނީ އާއްމުކޮށްފައެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ގެންގުޅޭ ޝިއާރަކީ ''މަގޭ ރާއްޖެ'' އެވެ. 

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވާ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު