ކޮވިޑް19: ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ
ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 63 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ފަތިހު 5:30 ގައި ހަބަރު ހުސްވެފައި ހުރި ހާލުގައި މި މީހާ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެނައީ ކަަމަށާއި އޭނާ މަރުވީ ހެނދުނު 6:00 ގައި ކަމަށެވެ.

މި އަހަރު ފެށުނީންސުރެ ރާއްޖޭގައި އަންނަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. 

ބަލިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މިހާރު ވަނީ ރޭގަނޑު ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 8:00 ގެ ފަހުން ރެސްޓޯރަންޓްތަކުން ހަމަ އެކަނި ޓޭޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ރޭގަނޑު 11:00 ގެ ފަހުން ބޭރުގައި އުޅުން ވެސް މަނަލެވެ. 

ކޮވިޑުން ރައްކާތެރިވާން މިދިޔަ މަހު ފެށި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާރު ވަނީ 123،665 މީހުންނަށް ވެކްސިން ޖަހައިފަ އެވެ. ސިއްހީ މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކަށް ފަރުވާކުރާތީ ސިއްހީ މައްސަލަ ހުންނަ މީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނެވެ. މިހާރު 18 އަހަރުން މަތީގެ އެންމެންނަށާއި ބިދޭސީންނަށް ވެސް ވަނީ ވެކްސިންގެ ފުރުސަތު ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު