ޚަބަރު
މިއަދު ރާއްޖެއިން 136 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ
މިއަދު ރާއްޖެއިން 136 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިވްވި 124 މީހެއްގެ އިތުރުން ރިސޯޓުތަކުން 10 މީހެއް އަދި ލިވަބޯޑަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 20،280 އަށް އަރައިފައެވެ.

މިވަގުތު 2،567 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 187 މީހަކު ތިބީ ހޮސްޕިޓަލުގައެވެ. ބަލީގައި މިހާތަނަށް 63 މީހުން ރާއްޖެއިން މަރުވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،595 އެވެ. 

މިހާރު ހުރި ސްޕްރެޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވެސް ހަރުކަށިކޮށްފަ އެވެ. އެގޮތުން މީހުން މަސްހުނިވުން ކުޑަކުރަން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް މާލޭގައި އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކެފޭ ރެސްޓޯރަންޓުތައް ރޭގަނޑު 8:00ގެ ފަހުން ބަންދުކުރަން ޖެހެ އެވެ. ޔުނިވަސިޓީތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާ އިރު ގުރޭޑް 8 އިން ފެށިގެން މަތީގެ ކުލާސްތަކަށް ވެސް ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު