ޚަބަރު
ރޯދަ މަހު ވަކި ވަގުތެއްގައި މުދާ އުފުލުން މަނާ ކޮށްފި
މިއަދުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން މާލޭގައި ވަކި ގަޑިތަކެއް މުދާ އުފުލުން ސަރުކާރުން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހަވީރު 4 އިން ރޭގަނޑު 8 އަށް މުދާ އުފުލުން މަނާ ވާނެ ކަމަށެވެ. އަދި މި ގަޑިތަކުގައި އެއްވެސް ބާވަތެއްގެ މުދަލެއް ވިޔަފާރި އުސުންލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. 

މި އުސޫލާ އެއްގޮތަށް މާލޭގެ އިތުރުން ހުޅުމާލޭގެ ވިޔަފާރިވެރިން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ބަދަލާއެކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް އަދި ރޭގަނޑު 9 އިން ހެނދުނު 6 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި މިހާރު މުދާ އުފުލޭނެ އެވެ. ނަމަވެސް ހެނދުނު ކަނޑައަޅާފައިވާ ވަގުތުތަކުގައި ފެނާއި ގޭސް އުފުލަން ޖެހޭނީ 350 ކިލޯ އަށް ވުރެ ލުއި އުޅަނދުތަކުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންގާފަ އެވެ.

އެ އޮތޯރިޓީން ވަނީ މި މުއްދަތުގައި ސިނަމާލެ ބްރިޖުން މުދާ އުފުލޭ ވަގުތުތައް ވެސް ކަނޑައަޅާފަ އެވެ. 

އެގޮތުން، ރޯދަ މަހާއި ޝައްވާލު މަހުގެ ހަތް ދުވަސް ނިމެންދެން ބްރިޖުން މުދާ އުފުލޭނީ ހެނދުނު 9 އިން މެންދުރުފަހު 3 އަށް އަދި ދަންވަރު 1 އިން ހެނދުނު 6 އަށެވެ. އެހެން ގަޑިތަކުގައި ބްރިޖުމަތީގައި މުދާ އުފުލުން މަނާވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު