ޚަބަރު
ބޮޑުވަޒީރަށް ވާން ބޭނުންވާކަން ރައީސް ނަޝީދު، ރައީސަށް ދަންނަވައިފި
ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު --
ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު، ރައީސް ސާލިހަށް މިގޮތަށް އެންގެވީ، ރައީސް ސޯލިހަށް މިއަދު ހަވީރު ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖްގައި ރައީސް ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން ރައީސް ސޯލިޙާއި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ރައީސް ނަޝީދު ކުރެއްވި ކަމަށް ބުނާ މެސެޖުގެ ސްކްރީކްޝޮޓްތަކެއް މިހާރު ދައުރުވަމުން އަންނައިރު، މެސެޖުގައި ރައީސް ނަޝީދު ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެއްފަރާތެއްގައި ހުންނެވުމުގެ ބަދަލުގައި ޤައުމު ހިންގަން އެދިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަރަށް ކުރު މެސެޖަކުން ވިދާޅުވެފައި ވަނީ، 2024 ގައި ރައީސަކު ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އަދި ބޮޑުވަޒީރު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

މި މެސެޖާ ބެހޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ވާހަކަތަކަކީ، މީގެ ކުރިން ވެސް ނަޝީދު ތަކުރާރު ކުރައްވާފައިވާ ވާހަކަފުޅެކެވެ. އެެކަމަކު އެކަމަށް ޝައުގުވެރިކަން ހުއްޓަސް، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަން ބޭނުންފުޅު ނަމަ އެ ވާހަކަ ރައީސަށް ދަންނަވާނެ ކަމަށާއި އެ ވާހަކަތައް ދައްކަވަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު