ޚަބަރު
ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި
ފޮޓޯ: މިހާރު
ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިރޭ އިރާކޮޅު އޭޑީކޭ ހޮސްޕިޓަލްގަ އެވެ. 

ކަރެކްޝަންގެ މީޑިއާ އޮފިސަރު ވެސް މިރޭ ވިދާޅުވީ ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް މިރޭ ޖައްސަވާފައިވާ ކަމަށެވެ.

އެމަނިކުފާނު ޖެއްސެވީ، ކޮން ވެކްސިނެއް ކަމެއް ސާފެއް ނޫނެވެ.

މީގެކުރިން ވެސް ވެކްސިން ޖެހުމަށް ޔާމީން މާލެ ގެނެސްފައިވާއިރު، އެ ރޭ އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ. ނަމަވެސް، އެ ވާހަކަތައް ދޮގުކޮށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ވެކްސިން ޖެއްސެވުމަށް އެ ރޭ ޔާމީން މާލެ ނުވެސް އަރުވާ ކަމަށެވެ.

ޔާމީން މާފުށީ ޖަލުގައި ހުންނެވީ އެމްއެމްޕީއާރްސީގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ނޮވެމްބަރު 8، 2019 ގައި، ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ތަންފީޒު ކުރެއްވުމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު