ދުނިޔެ
މަންމޯހަން ސިންގ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

އެގައުމުގެ މީޑިއާއިން ބުނީ މަންމޯހަން ސިންހަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިސް ގައި ކަމަށެވެ. 

އުމުރުން 88 އަހަރުގެ މަންމޯހަން ސިންހުގެ ހަށިގަނޑުން ކޮވިޑްގެ ބައެއް އަލާމާތްތައް ފެންނަން ހުރިނަމަވެސް ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ހިތުގެ ބައްޔަށްވެސް ފަރުވާހޯއްދަވާފައިވާ މަންމޯހަން ސިންހު ވަނީ ދެފަހަރު ބައިޕާސް ހައްދަވައިފައިވާކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އަދި ހަކުރު ބައްޔަށްވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

މަންމޯހަން ސިންހު ވަނީ އިންޑިއާއިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ދެޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު