ކުޅިވަރު
ޔޫރޯ 2020: ސްވިޑްން އަދި ސްޕެއިން މެޗު އެއްވަރު ވެއްޖެ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާއި ސްވިޑްން މިރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މި މެޗު ނިމުނު އިރު، ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ.

އެގޮތުން ސްޕެއިން ގެ މޮރާޓާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. އަދި ސްވިޑްންއަށް ވެސް ލަނޑުޖަހަން ވަނީ ފުރުސަތުތައް ލިބި ބޭކާރު ވެފަ އެވެ. 

ދެވަނަ ހާފުގައި ދެޓީމުން ވަނީ ލަނޑުޖަހަން ވަރަށް މަސައްކަތްކޮށް ޗާންސްތަކެއް ހޯދާފަ އެވެ. އެކަމަކު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މުބާރާތުގައި މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި ރޭގަނޑު 9 ޖަހާ އިރު ބައްދަލު ކުރާނީ ޕޯޗުގަލް އާއި ހަންގޭރީ އެވެ. އަދި ދަންވަރު 12 ޖަހާ އިރު ބައްދަލު ކުރާނީ ފްރާންސް އަދި ޖާރމަނީ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު