ޚަބަރު
ރައީސް ޔާމީން ވެރިކަން ކުރެއްވީ ހީކުރި ވަރަށްވުރެވެސް އަނިޔާވެރިކޮށް: ރޮޒެއިނާ
ރައީސް ޔާމީން ވެރިކަން ކުރެއްވީ ހީކުރި ވަރަށްވުރެވެސް އަނިޔާވެރިކޮށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރައީސް ސޯލިހްއާ ދެމެދު ޒާތީ މައްސަލައެއް ނެތަސް ފިކުރީ ގޮތުން އޮތް ތަފާތަކާ ގުޅިގެން ސިޔާސީ ގޮތުން ރައީސްއާއެކު ދެން ނުހުންނެވޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުންނާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މެދު މިނުގެ ދީނީ ސިޔާސަތަކަށް ތާއީދު ކުރައްވާނަމަ، އެ ފަރާތުގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަށް ވަނީ ވެސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި، އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން ކަމަށެވެ. އަދި ޔާމީން ވެރިކަން ކުރީ ހީކުރި ވަރަށް ވުރެ ވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށާއި ޔާމީން އަކީ ވައްކަން ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"މިއަދު ރައީސް ސޯލިހާއި ދެކޮޅަށް ޔާމީންއާ ބައިވެރިވާންވީ ކީއްކުރަންތޯ؟ ޔާމީނަށް ކާކަށް އިންސާފު ހޯދާ ދެވިގެންތޯ؟" ރޮޒެއިނާ ވިދާޅުވިއެވެ.

"ރައީސް ސޯލިހް ގޯހެއް ނޫން، އަނިޔާވެރިއެއް ނޫން، ވައްކަމެއް ނުކުރޭ، ކޮވިޑްގެ ހާލަތުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގާ، ހަރުކަށި ފިކުރާ އެއްކޮޅަށް ރައީސް ސޯލިހް ކުރެއްވީ ކޮން ކަމެއްތޯ،"

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު