ޚަބަރު
ޗައިނާގެ އާ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
މި މަހުގެ 6 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ޗައިނާގެ އާ ސަފީރު ވާން ލިޖިން
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވާން ލިޖިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލްވުމާއި ގުޅޭ ތަފްސީލެއް ރައްޔިތުންގެ މަޖިލީހުން އަދި ޗައިނާ އެމްބަސީންވެސް ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލްވުމުގެ ތަފްސީލު ހާމަނުކޮށް ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ބައްދަލްވުމުގެ ބައެއް ފޮޓޯތައް ހިއްސާ ކުރެއްވިއެވެ. 

އޮންލައިންކޮށެ ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. 

މީގެ ކުރިން ނަޝީދު ވަނީ ޗައިނާ އިން ރާއްޖެއަށް ދީފައިވާ ލޯނުތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އެ ގައުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ކަންކަމަށް އެ ގައުމުގެ ކުރީގެ ސަފީރު ޖަންގް ލީ ޖޮންގް ސޯޝަލް މީޑިއާގައި އާއްމުގޮތެއްގައި ރައްދުދެއްވާ ހެއްދެވި އެވެ. ރައީސް ނަޝީދު ގެންދަވަނީ ޗައިނާ އިން ރާއްޖެއަށް ދީފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ދިނުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވަމުންނެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް ފަހު ލިބިލެއްވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.  



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު