ޚަބަރު
ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށެވެ.

މިއީ ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިން އަދި އެގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާ ނަޝީދު ބައްދަލުކުރައްވާނެ ކަމަށްވެސް މަޖިލީހުން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު