ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ: ހަސަން ލަތީފް
އަލީ ރާޒީ
17 ޖެނުއަރީ 2022 - 12:01
0
comments
Tweet
Telegram
މިހާރު ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅަކުގެ އަމަލުތައް ހުންނެވި ގޮތް ސަރުކާރުން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ.
"ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ، މި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.
ޔާމީންގެ ތަހުގީގެއް މިހާރު ހިންގަންޖެހޭ ކަމަށާއި "އިންޑިއާ އައުޓް" ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ހޯދަންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އެގޮތުން މިކަމުގައި ފޮރުވިފައި ހުރި ކަންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށާއި މަޖިލިސް ހުޅުވުމާއެކު އެ މަސައްކަތް މަޖިލީހުން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ހަސަން ވަނީ "އިންޑިއާ އައުޓް" ވިސްނުމުގެ އެންމެ ބޭފުޅަކު ވެސް މަޖިލީހަށް އިތުރުވެއްޖެނަމަ އެއީ ސަރުކާރާއި މަޖިލީހާއި، އެމްޑީޕީ އަދި ރައްޔިތުންނަށް ވެސް ބޮޑު އުނދަގުލަކަށް ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"މިކަމުގައި ފޮރުވިފައިވާ ކަންކަން ބަލަންޖެހޭ. ރައީސް ޔާމީން އިއްޔެ ރައީސްކަން ކުރެއްވި ބޭފުޅަކު މިއަދު ނިކުމެވަޑައިގެން އަވަށްޓެރި އިންޑިއާ އައުޓޭ ކިޔައިގެން އެ ކުރައްވާ ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
3 ދުވަސް ކުރިން
0
ދެން ތިބޭނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި: އެމްޑީޕީ
5 ދުވަސް ކުރިން
0
ޕާޓީ ކެންޑިޑޭޓް ކެމްޕެއިންނަށް އެމްޑީޕީ ލީޑަޝިޕުން ނައީ ކީއްވެ..!؟
10 ދުވަސް ކުރިން
0
އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވާތީ އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު
18 ގަޑިއިރު ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
19 ގަޑިއިރު ކުރިން
0
ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި
19 ގަޑިއިރު ކުރިން
0
މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި
19 ގަޑިއިރު ކުރިން
0