ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފި
އަލީ ރާޒީ
25 ޖެނުއަރީ 2022 - 11:30
0
comments
Tweet
Telegram
ސައްހަކަން ޔަގީން ނުވާނަމަ، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަމަށާއި އަދި ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ހަމައެހެންމެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ބީއެމްއެލްއަށް ލިބިފައިވާ ކަމަށާއި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދޭ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ،
ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް އިލްތިމާސްކޮށްފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ދުވަސް ކުރިން
0
ބީއެމްއެލްގެ އީދު ސައި ހަ ރަށެއްގައި ބޭއްވި
21 ދުވަސް ކުރިން
0
ބީއެމްއެލް ސާފު ފައިދާ ދެ ބިލިއަނުގައި
25 ދުވަސް ކުރިން
0
ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި
28 ދުވަސް ކުރިން
0
ފަހު ދިހައެއްގައި ބީއެމްއެލްއިން ހިދުމަތް ދޭނީ ހެނދުނު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު
19 ގަޑިއިރު ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
19 ގަޑިއިރު ކުރިން
0
ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި
20 ގަޑިއިރު ކުރިން
0
މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި
20 ގަޑިއިރު ކުރިން
0