ޚަބަރު
މިއަދުގެ ޙާލަތަކީ ދެ ރައީސަކު ރައްޔިތުންނަށް އޮޅުވާލެއްވުން: ރައީސް ޔާމީން
މި ހިނގަމުންދާ ސަރުކާރުގެ ހާލަތަކީ، ވެރިކަމުގައި ތިއްބެވި ދެ ވެރިން ރައްޔިތުންނަށް އޮޅުވާލެއްވުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތައިރޮއިޑްގެ ސާރޖަރީއެއް ކުރެއްވުމަށްޓަކައި، ނާއިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ ހުވާކުރެއްވުމާއި ގުޅިގެން ފާޑުވިދާޅުވަމުންނެވެ.

މިފަހުން ޓްވީޓަރ ބޭނުން ކުރަން ފެއްޓެވި ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމަކީ ރައްޔިތުންނަށް އޮޅުވާލައިގެން ކުރިއަށް ގެންދިޔަ އިންތިހާބަކުން ފައިދާ ހޯއްދެވި ދެ ބޭފުޅުން ކަމަށެވެ.

ރައީސް ސޯލިހްގެ ނަން ވިދާޅުނުވެ އެކަމަކު ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މަކަރާއި ހީލަތް ހެދި އިންތިހާބަކުން ފައިދާވި ބޭފުޅެއް ކަމަށެވެ. 

އޭގެ އިތުރަށް ފައިސަލަށް ރައީސްކަން ވަގުތީ ގޮތުން ސުޕްރީމް ކޯޓުން ހަވާލުކުރިކުރުން ރުޖޫއަކޮށްފައިވޭތޯވެސް ރައީސް ޔާމީންވަނީ ސުވާލުކުރައްވާފައެވެ.


އެ ހުވާ ކުރެއްވުމާއި ގުޅިގެން އެއީ ކުރުން ލާޒިމު ހުވައެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ދެ ބޭފުޅަކު ރައީސްކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އަންނަނީ ފާޑުކިޔަމުން ނެވެ. ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ހުވައާއި ގުޅިގެން ސުވާލު އުފައްދާފައެވެ.

ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ނައިބް ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވީ އެ ދުވަހުގެ ހެނދުނު 6:00 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ފެބްރުއަރީ 25 ވަނަ ދުވަހު ހެނދުނު 9:30 ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު