ޚަބަރު
ލަންކާގެ އިގްތިޞާދީ ކާރިސާއިން އަރައިގަތުމަށް ބޭނުންވަނީ ތަޖުރިބާކާރެއް: ރައީސް ނަޝީދު
އަވައްޓެރި ސްރީލަންކާ މިހާރު އޮތް ހަލަބޮލި ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ވަނީީ ރައީސް ނަޝީދު ހަމަޖައްސާފައެވެ.

އެކަމަށް ރައީސް ނަޝީދު ހަމަޖެއްސީ، އެމަނިކުފާނުގެ އެދިލެއްވުމަކަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިހާތަނަށް އެއްވެސް އެހީއެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެގައި އޮތް ލަންކާގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރަކުރަމުންދާ އިރު، ރައީސް ގޮޓަބަޔާ ރާޖަޕަކްސް އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާ އަށް ގޮވާލާފައިވެ އެވެ އެވެ. އަދި އިއްޔެގެ ހަމަނުޖެހުންތަކ ގުޅިގެން އެ ބޭފުޅުން ވަނީ މަގާމުތައް ދޫކޮއްލަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ގޮޓަބަޔާ ވިދާޅުވީ މި މަހުގެ 13 ގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ. މެއި މަހު ރަނިލް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ކުރިން އެ މަގާމުގައު ހުންނެވި ގޮޓަބަޔާގެ ބޭބެ މަހިންދަ ރާޖަޕަކްސަ ސިޔާސީ ފިއްތުންތަތަކާ ހެދި އިސްތިއުފާ ދެއްވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު