ޚަބަރު
ޝިއާގެ ގާތިލު ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކޮށްފި
ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް
އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ބާއްވާފައިވަނީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. 

މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފައެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާއު އާއި ޝާހިލް އަކީ ލޯބިވެރިންނެވެ. / އިނދެގެން އުޅޭ ކަމަށް ވެސް ބުނެ އެވެ. އެކަން ސާފެއް ނުވެ އެވެ. އެކަމަކު މިހާތަނަށް ބެލި ބެލިމުން އެ ދެމީހުން ކައިވެންޏެއް ނުކުރެ އެވެ.

އެ ދެ މީހުންގެ މެދުގައި ރޭ އިރާކޮޅުން ފެށިގެން އައީ ޒުވާބެއް ކޮށް އަޑުގަދަ ކުރަމުންނެވެ. ޝާހިލް، ގޮސް ޝިއާއު މަރާލީ ޒުވާބު ގަދަވެ ކޮންޓްރޯލުން ނެއްޓި، ގާތްގަނޑަކަށް 11:30 އެހާކަންހާއިރު އެވެ. އެކަން ފުލުސް އިދާރާއަށއް ރިޕޯޓް ކުރީ އެ ސަރަހައްދުގައި ދިރިއުޅޭ ބައެކެވެ. އެ ދެމީހުން ކުރީން ވެސް ޒުވާބު ކުރާ ކަމަށް ވެއެވެ. ނަމަވެސް ރޭ އަރައިރުމެއް އުފެދުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު