ޚަބަރު
މޫސުމީ ބަދަލުތަކާ ގުޅޭ ސެމިނާއަކަށް ރައީސް ނަޝީދު އައްޑު އަށް
މޫސުމީ މައްސަލަތަކާ ގުޅޭ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ކުރީގެ ރައީސްގެ މި ދަތުރަކީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން ބާއްވާ ސެމިނާއަކަށް ކުރައްވާ ދަތުރެކެވެ. "ފޯސޭކެން ފިއުޗާސް" ގެ ނަމުގައި ބާއްވާ ސެމިނާގެ ދެވަނަ ސެޝަން "އަންޑަވޯޓާ ޖަސްޓިސް" ގައި ނަޝީދު ބައިވެރިވަޑައިގަންނަވާނެ އެވެ. އެ ސެޝަން އޮންނާނީ މިރޭ ހިތަދޫ ކެމްޕަހުގައި 7:15 އިން 8:15 އަށެވެ.

ފޯސޭކޭން ފިއުޗާސް ގެ ނަމުގައި ބާއްވާ މި ސެމިނާގައި މައިގަނޑު ގޮތަކަށް ވާހަކަ ދައްކާނީ "ކްލައިމެޓް ރިސްކް އެންޑް ޖަސްޓިސް" އާއި ގުޅޭގޮތުންނެވެ.

މި ސެޝަން ހުޅުވުމުގެ ގޮތުން ވާހަކަދައްކަވާނީ ކޮސްޓާރިކާގެ ކުރީގެ ރައީސް ލައުރެން ޗިންޗިލާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު