ޚަބަރު
އޭޓީއެމްތަކުން ވަގަށް ފައިސާ ނެގި ބަޔަކު ހޯދަން އިއުލާނުކޮށްފި
ހޯދަން އިއުލާން ކޮށްފައިވާ ވީޑިއޯއިން ފެންނަ ބައެއް މީހުން--
މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް އެ މީހުން ފައިސާ ނަގާ މަންޒަރެވެ. ފުލުހުން ބުނީ ވީޑިއޯތަކުން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
20%
60%
20%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު