ޚަބަރު
ރައީސް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތޮޅު ދަތުރުތަކުގެ ސިލްސިލާގައި ދެން ވަޑައިގަންވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ނ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަން އަދި ހަމަޖެހިފައިވާ ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.

ރައީސް ޔާމީންގެ އަތޮޅު ދަތުރު ތަކުގައި އެންމެ ފަހުން ވަޑައިގަތީ އެންމެ އުތުރުން ހއ. އަތޮޅުގެ ބައެއް ރަށަރަށެވެ. އެއީ ހއ. ކެލާ އާއި ބާރަށާއި ދިއްދޫ އާއި އިހަވަންދޫ އަދި ތުރާކުނެވެ.

އަންނަ ރިޔާސީ އިންތިހުބުގައި ރައީސް ޔާމީން ވާދަ ކުރައްވަން ނިންމަވައި އެ މަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

އަތޮޅު ތެރޭގެ އެކި ރަށްތަކަށް ވަޑައިގެން ރައީސް ކަމުގެ ކެމްޕެއިން ޔާމީން ފެއްޓެވިއިރު މި ދަތުރުފުޅުގެ ތެރެއިން އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ވެސް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ.

އަތޮޅު ތެރެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ވަރަށް އަވަހަށް ގދ. އަތޮޅާއި ފުވައްމުލަކަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު