ވިޔަފާރި
ވެމްކޯއަށް 20 ސެކިއުރިޓީ ގާޑުން ހޯދަން އިއުލާނު ކޮށްފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސެކިއުރިޓީ ގާޑުން ހޯދަން އިއުލާނު ކޮށްފި އެވެ.

އެ ކުންފުނިން މިރޭ ބުނި ގޮތުގައި ސެކިއުރިޓީ ގާޑުންގެ ވަޒީފާއަށް 20 މީހަކު ނަގާނެ އެވެ. އެ ވަޒީފާގެ މުސާރައަކީ 8،000 ރުފިޔާ އާއި 10،000 ރުފިޔާގެ އަދަދެކެވެ.

ވަޒީފާއަށް އެދޭ މީހުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރީން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ފޯމް ހުށަހަޅާނީ ވެމްކޯގެ މައި އޮފީހަށެވެ.

މި ވަޒީފާގެ ޝަރުތަކީ ދިވެހި ރައްޔިތަކަށް ވުމާއި، މަޤާމާއި ގުޅޭ ދާއިރާއެއްގެ ތައުލީމް، ތަޖުރިބާ އަދި ތަމްރީން ލިބިފައިވާ ފަރާތަކަށް ވުމާއި، އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުމުގެ އިތުރުން
މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ،

މަގާމާއި ގުޅޭ ދާއިރާއެއްގެ ތައުލީމް / ތަޖުރިބާ އަދި ތަމްރީން ލިބިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށްވެސް ބުންޏެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
25%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު