ޚަބަރު
ޕްރިންސިޕަލް ވަކި ކުރުމުން އަރަބިއްޔާ ބެލެނިވެރިން އިހްތިޖާޖު ކޮށްފި
އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން މުޒާހަރާކުރަނީ.
އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބުދުއްރަހީމް އެ މަގާމުން ވަކިކޮށް އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާއި އަރަބިއްޔާ ހިންގުން ވަގުތީ ގޮތުން ހަވާލުކުރުމުން ބެލެނިވެރިން ނުރުހުން ފާޅުކޮށްފިއެވެ.

ޖެނުއަރީ 8، 2018 ގައި އަރަބިއްޔާގެ ޕްރިންސިޕަލް ކަމަށް ހަމަޖެއްސި، ޝުޖާއު މަގާމުން ވަކިކޮށް އޭނާ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް މިހާރު ބަދަލުކޮށްފަ އެވެ.

އެހެންވެ، މާދަމާ އިން ފެށިގެން އަރަބިއްޔާ ސްކޫލު ހިންގުމާ ވަގުތީ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ ޕްރިންސިޕަލް ކަމުގައި 19 އަހަރު ގުނަމުން ގެންދަވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދުއާ އެވެ.

އެ ބަދަލު ގެނައީ އެ ސްކޫލު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުންޏެެވެ.

ނަމަވެސް، ހުސައިން ސައީދުއާ މެދު އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމައެއް ނުޖެހެ އެވެ.

މިރޭ 'އަރަބިއްޔާ ފެމެލީ'ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ބެލެނިވެރިން ތުހުމަތު ކުރާ ގޮތުގައި ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކިކުރެއްވީ ބެލެނިވެރިން ހިންގާ "ސޭވް އަރަބިއްޔާ" ކެމްޕޭން ހުއްޓުވަން ޕްރިންސިޕަލް މަސައްކަތް ނުކުރައްވާތީ އާއި ޕްރިންސިޕަލް ބެލެނިވެރިންނާއި އެކު ހުންނަވާ ކަމަށް ބުނެ އެވެ.

އަބަދުވެސް މައްސަލަތަކެއްގެ ތެރޭގައި އޮންނަ އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖެއް ކުރީ އެ ސްކޫލް ހިންގަން ދީފައިވާ ވަގުތީ އިމާރާތުގެ ކުރި މަތީގައެވެ. ޕްރިންސިޕަލް މައްސަލައާ ގުޅިގެން ނުކުތް ނަމަވެސް ބެލެނިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ސަރުކާރުން އަރަބިއްޔާގެ އިމާރާތުގެ މަސައްކަތް ލަސް ކުރުމާއި އާ ބަޖެޓުގައި އެ ސްކޫލްގެ މަސައްކަތް ހިމަނާފައި ނުވުމާއި، އެނޫން ވެސް އެ ސްކޫލާ ގުޅުންހުރި މައްސަލަތަކުގެ ވާހަކަތައް ލިޔެފައިވާ ބޯޑުތައް އުފުލާފަ އެވެ. 

"ސްކޫލަށް ބޭނުންހާ ގޮތެއް އަބަދު ނުހެދޭނެ" ކަމަށް ބުނެ، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ކާނިވާ ކައިރީގައި ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ ބޭރުގައި އެމީހުން ދަނީ ގޮވާލަމުންނެެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު