ޚަބަރު
ވިލިނގިލީ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި
ގއ. ވިލިނގިލީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރިލް 28 ވަނަ ދުވަހުއެވެ. 98،330،536.18 ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަސައްކަތުގެ ދަށުން 5 ކިލޯމީޓަރު މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ތާރުއަޅައިގެން ހަދާފައިވާ މަގުތައް ރީސާފޭސްކުރުން ހިމެނެއެވެ.

އާރުޑީސީން ބުނީ ވިލިނގިލީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު