ޚަބަރު
ސުޕަވައިޒަރުންގެ ފެންވަރު ރަނގަޅުކުރަން އެޗްޑީސީން ޕޮލިސް ކޮލެޖާ ގުޅިގެން ޓްރޭނިން ސެޝަނެއް
އެޗްޑީސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން -
ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ހައުސިންގ ޑެވެލޮޕެމެންޓް (އެޗްޑީސީ)ގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން ފަށައިިފިއެވެ.

އެޗްޑީސީ އާ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން އަށް ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިން ޕްރޮގްރާމަކީ އެޗްޑީސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމުތަކުން މިހާރު ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭގެ ކަންކަން ބަލަހައްޓައި އާންމުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފަދަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ. މި ޓްރެއިނިން ޕްރޮގްރާމްގައި ކުރިއަށް ގެންދާނެ ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ ރަނގަޅު ގޮތްތައް
  • މުއާމަލާތުކުރުން
  • މައްސަލަތައް ހައްލުކުރުން
  • ސެލްފް ޑިފެންސް އަދި ގާނޫނާއި ގަވައިދުތަކަށް ބައިވެރިން އަހުލުވެރިކުރުވުން
މިހާރު ވެސް ހުޅުމާލޭގައި ދިރިއުޅޭ އާންމުންނާއި އެ ކޯޕަރޭޝަނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މެންޑޭޓްގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައި ވާއިރު ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާއި އެޗްޑީސީ އާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. މިގޮތުން ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމްތަކަށް އެފަދަ ޓްރެއިންތައް ދިނުމަކީ އެޗްޑީސީ އިން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު