ޚަބަރު
ދުވާފަރު ކައުންސިލް އެސްޖީ ވެސް ސަސްޕެންޑްކޮށްފި
ރ. ދުވާފަރު ކައުންސިލް ހިންގަން ހަވާލުކޮށްފައި ހުންނެވި ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ނާސިހް ސަސްޕެންޑްކޮށްފި އެވެ.

ކައުންސިލަރުންގެ އެކައުންޓްތަކަށް މިލިއަނުން ދައުލަތުގެ ފައިސާ ޖަމާކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކުރީ އެލްޖީއޭ އިން ބެލި މައްސަލައާ ގުޅިގެންނެވެ. އެކަމަކު އެސްޖީ ސަސްޕެންޑްކުރީ ސިވިސް ސާވިސް ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެންނެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަމުން އަންނަ ދުވާފަރުގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން ދުވާފަރުގެ ހުރިހާ ކައުންސިލަރުން ވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. 

އޭސީސީން ބުނީ ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ ކޮރަޕްޝަންގެ އެ މުއާމަލާތްތަކާ ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިމިފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ކަމަށް އޭސީސީން ބުންޏެވެ.

ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާއިރު، އޭސީސީން ބުނީ އެ މައްސަލައިގައި ދައުވާކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެ ކޮމިޝަނުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
67%
0%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު