އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާތީވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
މި ކަމަށްކުރި އިއުލާނުގައިވާ ގޮތުން، މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 1:30އަށް ރައީސް އޮފީހުންނެވެ. ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައި ވަނީ އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑާއި ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުމާއި ވަނަވަރު ހުށަހަޅަންޖެހޭނެ ކަމަށެވެ.ކޮމިޝަންގެ މެމްބަރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެވެ.