
ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތަޢާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ މިތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.ރައީްސގެ ދެކަނބަލުން މިހާރު ގެންދަވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށެވެ.