ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ތިން މަސް ދުވަހުން ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައި: ސަޢީދު
އައިމިނަތު ޝިޔާޒާ
25 ފެބުރުއަރީ 2024 - 16:30
0
comments
Tweet
Telegram
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ހއ. ކެލާގެ ރައްޔިތުންނާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ, ދައުލަތުން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި, މިދިޔަ އަހަރުގެ ނޮވެންބަރ 17 ގައި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ބާކީ ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ރުފިޔާކަަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްތާ މިއަދަށް 100 ދުވަސް ހަމަވިއިރު, މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 30 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
"ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ ތިންމަސް ދުވަހުގެ ތެރޭގައި 30 މިލިއަން އެމެެރިކާ ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެހެރީ ޖަމާކޮށްފައި މިހާރު. މިއީ ވެރިންނަކީ. މިއީ ގައުމު ދެކެ ލޯބިވާ ވެރިންނަކީ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ގޮތަށް ޖަމާކުރެވޭނަމަ "މި އަހަރު ނިމޭއިރުގައި 130 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާ ކުރާ ފަންޑަށް ޖަމާވަމުންދާނެ" ކަމަށެވެ.
މިއީ އިގްތިޞާދީ ގޮތުން ޒިންމާ ނެގޭނެ، ހެޔޮ ބަދަލެއް ކަމަށާއި އިގްތިޞާދު ކުރިއަރާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ ކުރިން ސައީދުވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ކުރިން ޖަމާކުރަން ޖެހޭ ފައިސާތަކެއް ކުރީ ސަރުކާރުން ބޭނުންކޮށްފައި ހުރިކަމަށް ވިދާޅުވެފައެވެ.
އެއީ ދައްކަންޖެހޭ ދަރަނިތައް ދައްކަން އެއްކުރަމުން އައި ފައިސާކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ސަބަބުން ޑޮލަރުގެ މައްސަލަ ވެސް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސަޢީދު ވިދާޅުވީ ކެލާއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެ ރަށު ފަޅުގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައިކަމަށްވެސް ވިދާޅުވިއެވެ،
މީގެ އިތުރުން މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރާއެކު ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމަށް ފައިސާ ލިބިގެންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އޭގެ ނަފާ ކުރިއަށް އޮތްތަނުގައި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށްވެސް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
3 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
3 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
2 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
3 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
3 ގަޑިއިރު ކުރިން
0