ޚަބަރު
އޯއައިސީގެ ހާއްސަ ބައްދަލުވުމަކަށް ޑރ.ޝަހީމް ސައުދީ އަރަބިއްޔާއަށް
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ހާއްސަ ޖަލްސާއަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވުމަށްޓަަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަޢުދިއަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4-5 އަށް ސައޫދީގެ ޖިއްދާގަ އެވެ.

މި ބައްލުވުމުގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގާޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައޫދީގައި ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ގަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

އޯއައިސީގެ ބައްދަލުވުމަކީ ސަޢޫދީ އަރަބިއްޔާގެ ދައުވަތަކަށް ބާއްވާ ބައްދަލުވުމެއްކަންވެސް ފާހަގަކޮށްލެވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތް ކުރަން ފަށާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު