ޚަބަރު
ވ. ފެލިދޫގައި ލައިސެންސެންސް ދޫކުރުމުގެ ހިދުމަތް ފަށަނީ
ވ. ފެލިދޫ، ކައުންސިލުން އެދިފައިވާގޮތަށް ލައިސެންސެންސް ދޫކުރުމުގެ ހިދުމަތް ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފެލިދެއަތޮޅު ފެލިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ލައިސެންސް ދޫކުރުމުގެ ހިދުމަތް ދިނުމުގެ ކަންކަން ވިހާވެސް އަވަހަށް ކޮށްދެއްވާނެކަމަށެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެއްވީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އަދި ތަޢުލީމީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންގޮސް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުންވެސް ފެލިދޫ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ރަށެއް ކަނޑައަޅައިދެއްވުމަށާއި، ވ އަތޮޅުގައި ޑްރައިވިންގ ލައިސެންސް ދޫކުރުމުގެ ހިދުމަތް ގާއިމުވެފައި ނެތް ކަމުގައި ފާހަގަކުރައްވައި އެ ޚިދުމަތް ވ އަތޮޅުން ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވ. ފެލިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ޖާގައިގެ ދަތިކަން ހުރުމުން އެ ކަނބަލުންގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މީގެއިތުރުން ފެލިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން އަވަހަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު