ޚަބަރު
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ދެ ވަނަ ދަތުރެވެ. އިންތިހާބަށް ފަހު، ހުވާ ކުރެއްވުމުގެ ކުރިން ވެސް ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ، މާޗު 22 ގައި ދެ ދުވަހުގެ ދަތުރަކަށެވެ.

އެ ފަހަރު ވެސް، އަދި މި ފަހަރުގެ ނުރަސްމީ ދަތުރުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު