ޚަބަރު
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
ކުރީގެ ނައިބު ރައީސް ޖިހާދު
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑަށް މެންބަރުން އައްޔަންކޮށް، އެ ބޯޑުގެ ޗެއާޕާސަނަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފި އެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފަރިއާ ބެހޭ ވަޒީރު މުޙައްމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވަނިން ބޯޑު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާކަމަށެވެ. އަދި އެ އިދާރާގެ ޗެއަޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ޢައްޔަން ކުރައްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކި އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވަރު ހާސިލްކުރެވޭނެކަމަށެވެ.

ޖިހާދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމް އަދާކުރެއްވުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ. 

ޖިހާދުގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބޯޑުގައި ހިމެނެނީ ކިތައް މެންބަރުން ކަމެއް އަދި އެއީ ކޮން ބައެއް ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި އިދާރާ އުފައްދަވާ، އޮފްޝޯ ބޭންކިން އޮޕަރޭޓިން ލައިސެެންސް ދޫކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން އޮތޯރިޓީގެ މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ނިންމެވީ ޖެނުއަރީ އަށެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު