ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންތިހާބުން ބަލިވި ސަބަބު ހޯދަން އެމްޑީޕީން ދިރާސާއެއް ހަދަނީ
އިސްމާއިލް ރިޒާ
02 މެއި 2024 - 09:33
0
comments
Tweet
Telegram
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުންނާއި މިދިޔަ މަހު ބޭއްބި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެމްޑީޕީ އަށް ބޮޑު ބަައްޔަކާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަން ދަނެގަނެ ކަންކަން ރަނގަޅު ކުރަން އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.
އިންތިހާބު ނާކާމިޔާބުވުމަށް ދިމާވި ސަބަބުތަކާއި ޕާޓީގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިރޭ އެ ޕާޓީއިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ އެ ދިރާސާއަށް ބެލުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދިރާސާގައި، އެމްޑީޕީގެ ކުރިމަގާ މެދު މީހުން ދެކޭގޮތާއި ޕާޓީ ބައްޓަން ކުރާނެ ގޮތާ ގުޅޭ ގޮތުން ވެސް ބަލައި، މަގުޗާޓެއް އެކުލަވާލާނެ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ވެސް ބޭނުންވަނީ މި ހުރިހާ ކަމެއް ހުރި ގޮތެއް ބަލަން،" މީޑިއާއަށް ނުވަދެވޭ ގޮތަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ބަލިވުމުގެ އެއް ސަބަބަކީ މިހާރުގެ ސަރުކާރާ ދެކޮޅަށް ކުރި އެންޓި ކެމްޕެއިން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ފައްޔާޒު ރޭ ވިދާޅުވީ، އެއީ ހަގީގީ ސަބަބުކަން ވެސް އެނގޭނީ ކުރާ ދިރާސާ އަށް ފަހު ކަމަށެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ އެއްވެސް އިރެއްގައި އެންޓި ކެމްޕެއިން ކުރާ ބައެއް ނޫން ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރާ ކަމަކީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމެވެ.
"ދެން ތެދުގެ ޚަބަރުތައް ގެނެސްދިނުން އެއީ އެންޓި ކެމްޕެއިންގެ ގޮތުގައި ބަޔަކަށް ތަސައްވުރު ކުރެވެންޏާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެހެން ނަމަވެސް އަބަދުވެސް އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީން މަސައްކަތް ކުރަމުން އައިސްފައި އޮތީ ހަގީގަތާ އެއްގޮތަށް ތެދު ރައްޔިތުންނާ ހަމައަށް ގެނެސްދޭން،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ރޭ އެއްވި އިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. ވާދަވެރި އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އެމްޑީޕީން 19 ވަނަ މަޖިލީހުގައި ކުރީ ފަޚުރުވެރިވާ މަސައްކަތްތަކެއް: ޝާހިދު
14 ދުވަސް ކުރިން
0
ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ
15 ދުވަސް ކުރިން
0
އެމްޑީޕީ ލީޑާޝިޕް އިސްތިއުފާ ދޭކަށް ނުވިސްނާ: ފައްޔާޒު
16 ދުވަސް ކުރިން
0
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
11 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
11 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
12 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
12 ގަޑިއިރު ކުރިން
0