ޚަބަރު
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި ނިއު ދިއްލީ އަށް
ފޮރިން މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަންނަ ހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އާ ސަރުކާރެއް އެކުލަވައިލި ފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި ވެރިރަށް ނިއު ދިއްލީ އަށް ވަޑައިގަންނަވާނެ އެވެ. ޒަމީރު އިންޑިއާގެ ނިއު ދިއްލީ އަށް ފުރާވަޑައިގަންނަވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން މި ސަރުކާރުގެ އިސްބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަން އެނގިފައިވެ އެވެ. ނަމަވެސް އެ ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް ފޮރިން މިނިސްޓްރީއަކުން ނުދެ އެވެ.  އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށެވެ.  

ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ ފޮރިން ސެކްރަޓަރީ ޖައިޝަންކަރު މިއަހަރު ޖެނުއަރީ މަހުވެސް އުގާންޑާގައި ބައްދަލުކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާއާ ގާތްގުޅުމެއް ބާއްވާ ކަމަށްބުނެ އިންޑިއާގެ ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު