ޚަބަރު
އެމްޑީޕީގެ ރައީސް، ޗައިނާގެ ރައީސް އާއި ބައްދަލު ކުރައްވައިފި
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޝާހިދު، ޝީ ޖިންޕިން އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.

އެއީ ޗައިނާގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.

ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ އެ ކޮންފަރެންސްގައި ޝީ ދެއްވި ތަގުރީރުގެ ކުރިންނެވެ.

ޝީގެ ތަގުރީރަށް ފަހު ޝާހިދު އެކްސްގައި ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން ދުނިޔޭގެ ސުލްހަ އާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭ ކަމަށެވެ.

އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާ އެކު އެންމެން ދިރިއުޅުން ކަމަށާއި ގުޅިގެން ކުރާ މަސައްކަތުން އާންމު މައްސަލަތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި، ސުލްހަވެރި އަދި ފާގަތި މުސްތަގްބަލަކަށް މަގުކޮށޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު