ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖެއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު: ޖަޕާނުގެ ބޮޑުވަޒީރު
އަހުމަދު ނިހާން
09 އޮކްޓޫބަރ 2024 - 17:31
0
comments
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ - ފޮޓޯ/ އޭޕީ
Tweet
Telegram
ރައީސް މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރެއްވުމާއެކު ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބާ ދެއްވައިފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު، ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ޝިގެރޫ އިޝިބާ އެފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
އެ މަނިކުފާނު ވަނީ ޝިގެރޫ އިޝިބާގެ ބޮޑު ވަޒީރުކަމުގައި އެ ގައުމަށް ކާމިޔާބާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ މަރުހަބާގެ މެސެޖާ ގުޅިގެން ބޮޑުވަޒީރު އިޝިބާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ރައީސާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
އެގޮތުން ހުޅުވާލެވިފަައިވާ މިނިވަން އިންޑިޔާ ޕެސިފިކް ސަރަހައްދެއް ކަށަަވަރުކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނުގެ މެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ބޮޑުވަޒީރު އިޝިބާ ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
15 ގަޑިއިރު ކުރިން
0
އައިޔޫއެމްގެ އާ އިމާރާތަށް ބިމެއް ހަމަޖައްސައިފި
15 ގަޑިއިރު ކުރިން
0
އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓުކަން ޝައިހު އިސްމާއިލް މުހައްމަދަށް އަރުވައިފި
1 ދުވަސް ކުރިން
0
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
11 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
11 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
14 ގަޑިއިރު ކުރިން
0