ޚަބަރު
އިޒްރޭލު ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ސަރުކާރުގެ ފަރާތުން ތާއީދުކުރުމަށް ފަހު ކޮމިޓީ މަރުހަލާގައި އެ ބިލު ދިގުދެމިގެންދާތީ އެ ޕާޓީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވައިފި އެވެ.

ކުއްލި މައްސަލަ މިއަދު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް އެ މައްސަލައިގައި ހަމަ ނުވާ ކަމަށެވެ.

މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ގޮވާލާފަ އެވެ.

"ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ، އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅުއްވެން ނެތް ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

ބިލު ބަލައިނުގަންނާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ބިލު ބަލައިނުގަންނަ ސަބަބާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން އިއުލާނުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެކަމަކު، އެ މަސައްކަތް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ.

މި ހިނގާ 20 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު