ޚަބަރު
ގަވައިދާ ހިލާފަށް ރާއްޖެ އައިސް އުޅޭ ބޯޓެއް ޑްރޯނުން ހޯދައިފި
ޑްރޯން މެދުވެރިކޮށް ބޯޓު ލޮކޭޓްކޮށްފައި: އެ ބޯޓު މިހާރު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފަ
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ޑްރޯން މެދުވެރިކޮށް ހޯދައި، އެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ބޯޓު ހޯދާފައިވަނީ، އެ ތަނުގެ އެއާ ކޯ ޑްރާން އާއި ކޯސްޓްގާޑުން ގުޅިގެން އުުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ޑްރޯންގެ އެހީގައި ބޯޓު އޮތް ސަރަހައްދު ދެނެގަނެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެ ބޯޓް އިންޓަސެޕްޓް ކުރުމަށްފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ މާޗް މަހު އެވެ. ތުރުކީ ސަރުކާރުން ދިން ވަރަށް ބޮޑު ލުޔަކާ އެކު، ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ވަނީ ތިން ޑްރޯން ގެނެސްފަ އެވެ. މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް އަސްކަރީ ތިން ޑްރޯންގެ ބޭނުން ހިފަމުން ގެންދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އިދިކޮޅު އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު