ޚަބަރު
އިޒްރޭލު ޕާސްޕޯޓު މައްސަލަ ރޮކެޓް ސްޕީޑުގައި ކުރިއަށްދާނެ: މުހައްމަދު
އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަންނަ ހަފްތާގައި ރޮކެޓް ސްޕީޑޫގައި ކުރިއަށް ދާނެ ކަމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް އެހެން ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓް ބޭން ކުރުން އިނބިލީހުގެ ކައިވެންޏައް ވެއްޖެ ކަމަށް ބުނެ އަލީ ރަޒީމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައިވާތީ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެ ބިލުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ނޫން،،.. މި ފެށޭ ހަފްތާގައި ރޮކެޓް ސްޕީޑުގައި ގެންދާނަން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު މިހެން ވިދާޅުވިއިރު އޭނާ ތަމްސީލު ކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވެސް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ބުނެފި އެވެ.

"ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންވެސް ދަނީ މީޑިއާގައި ފާހަގަ ކުރައްވަމުން،" ޕީއެންސީން މިފަހުން ނެރުނު ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ދިނީ ވެސް ޕީއެންސީ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ކަމަށާއި އަދި ސަރުކާރާއި ޕާޓީ ވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ދޭ ކަމަށް ޕީއެންސީގެ ބަޔާނުގައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު