ޚަބަރު
ގަލޮޅު ސިޓީޕާކު ހެދުމުގެ މަސައްކަތް އަލުން ފަށައިފި
މާލޭގެ ގަލޮޅު ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މި މަސައްކަތް ފަށާފައި ވަނީ، މިދިޔަ ހުކުރު ދުވަހުއެވެ. މިއީ އަލިކިލަގެފާނު މަގުގައި ހުންނަ ޕާކެކެވެ.

ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަށް ޓަކައި، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ވީއިރު، ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައް ވެސް ކެނޑިނޭޅި، މާލެ ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށް ވެސް ބުންޏެވެ.

މި ކަމާ ގުޅިގެން އޮގަސްޓް 8 ގައި، މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމްގެ އިސްނެންގެވުގެ މަތިން، ސިޓީ ޕާކުގައި ވަށައިގެން ޖަހާފަ ހުރި ޓިނުތައް ނަޓާލައި އެތަން ސާފުކޮށް، ކޮންމެ ވެސް ވަރަކަށް އާބަތުރަ ފިލުވާފައިވެ އެވެ. 

ގަލޮޅު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށާފައި މިވަނީ ކުރިންވެސް އެތަން ތަރައްގީ ކުރަނީ ކަމަށް ބުނެ އެތަނުގެ ވަށައިގެން ޓިނު ޖަހައި އެތަން ބަންދުކޮށްފައި ހުންނަތާ އެތައް މަހެއް ފަހުންނެވެ.

އެ ތަން ބަންދުކޮށްފައި ހުރުމުން އެތަން ބޭނުންކުރަމުން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. އެހެންވެ އެ ސަރަހައްދުގައި އުޅޭ އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުން ދިޔަ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

ގަލޮޅު ޕާކް އެންމެ ފުރަތަމަ ހުޅުވީ މީގެ 15 ވަރަކަށް އަހަރު ކުރިން ކުޑަކުދިންނަށް ހާއްސަކޮށްގެންނެވެ. އޭގެފަހުން އެތަނުގައި ދެ ރެސްޓޯރަންޓެއްވެސް ހިންގި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިވަން 50އާ ދިމާކޮށް ލެޑް ލައިޓްތަކެއް ޖަހައި "ލެޑް ޕާކު"ގެ ގޮތުގައި އެ ތަން ހުޅުވި އެވެ. ނަމަވެސް އެ ތަން އެއްވެސް ވަރަކަށް މަރާމާތު ނުކުރުމުގެ ސަބަބުން ތަން ވީރާނާވެގެން ދިޔައީ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު