ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
އަލީ ރާޒީ
23 އޭޕްރީލް 2025 - 00:18
0
comments
Tweet
Telegram
ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަންދޭންޖެހޭނެ ކަމަށް ބަޔާންކޮށް
"ބޯހިޔާވަހިކަމުގެ ބިލު"
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
މި ބިލުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖައްސައިދިނުމަށް އިސްކަންދީގެން، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތައް ކަނޑައަޅަން ޖެހެއެވެ.
އެ ބިލުގައިވާ ގޮތުން ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ދިރިއުޅޭނެ ތަނެއް ދޫކުރުމުގައި ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ:
ރާއްޖޭގައި ދިރިއުޅޭ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުން
ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތެއް ކަމުގައިވުން
މާލީ ތަނަވަސްކަންކަން ކުޑަ ފަރާތެއް ކަމުގައިވުން
މި ބިލުގައިވަނީ ވަކި ފަރާތެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލަންޖެހޭ ހަ ކަމެއް ހިމަނައިފައެވެ. އެއީ:
އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަ
ސޭވިންގްސް
އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީ
އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ
އެނުއިޓީއާއި ޕެންޝަން އަދި ރިޓަޔަމަންޓު ބެނެފިޓް
އެ ނޫން ވެސް ގޮތަކުން ލިބޭ އާމްދަނީ
އެ ބިލުގައިވާ ގޮތުން ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާއިރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާގެ ލަފާ ހޯދަންޖެހެ އެވެ. އަދި އެ ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައު ކުރަންޖެހެ އެވެ.
ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތުގެ އިތުރުން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް ވެސް ބިލުގައިވާ ގޮތުން އެކުލަވާލަންޖެހެ އެވެ. އެ ސިޔާސަތު އެކުލަވާލަންޖެހޭނީ ކަމާ ބެހޭ މިނިސްޓަރެވެ. ސްޓްރެޓެޖީ އެކުލަވާލާއިރު، ބިލުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލުވޭތޯ މިނިސްޓަރު ބަލަންޖެހެ އެވެ.
ބިލުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެ އެވެ. އެ ސާވޭ އާންމުކޮށް ޝާއިއު ކުރަން ވެސް ބިލުން ލާޒިމު ކުރެ އެވެ. އަދި ބިލުގެ ދަށުން ހަދާ ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ސާވޭ ހަދަންޖެހެ އެވެ.
ސާވޭ ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް މިނިސްޓްރީން ކަނޑައަޅަންޖެހެ އެވެ. އަދި ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
2 މަސް ކުރިން
0
މި މަހުގެ ނިޔަލަށް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
3 މަސް ކުރިން
0
ރޯދައިގެ ކުރިން ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރާނެ: ރައީސް
5 މަސް ކުރިން
0
މިއަދު ހާމުކުރަން ބުނި ފުލެޓު ލިސްޓު ހާމަކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
3 ގަޑިއިރު ކުރިން
0
ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އަށް އާރުސީސީ އަތޮޅުތެރެއަށް
3 ގަޑިއިރު ކުރިން
0
މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
3 ގަޑިއިރު ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
7 ގަޑިއިރު ކުރިން
0