
މިއަދު މުޒާހަރާ ކުރި ރައްޔިތުންގެ ކަންބޮޑުވުމަކީ ރަށުގައި އާއިލާއާއިއެކު ވަޒީފާ އަދާކުރަމުން އަންނަ ރަށު ބައެއްގެ ވަޒީފާ ގެއްލުމެވެ. މިއަދު ހޯރަފުށީގައި ކުރި މުޒާހަރާގައި އެރަށު ކައުންސިލް ބައެއް މެންބަރުން ވެސް ބައިވެރިވި އެވެ.ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ އޮންނަ ގޮތައް ފެނަކަ އާ އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ނަގާފައިވާ ދާއިމީ މުވައްޒަފުން ވަކި ކޮށް ޕްލާންޓް އުވާލަން ނިންމި ކަމެއް ކައުންސިލަށް ވެސް އެނގިފައި ނުވާ ކަން މިއަދުގެ މުޒާހަރާގައި ބައިވެރިވި ހޯރަފުށީ ކައުންސިލަރުން ވެސް ވަނީ ވިދާޅުވެފައި އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުން ހޯރަފުށީގައި ވަޒީފާ އިތުރު ކޮށްދިނުމަށާއި އަދި ސަރުކާރުގެ ވަޒީފާ ތަކުން މީހުން ކަނޑާ ބޭރުނުކުރުމަށް އެދިފައި އެވެ. އަދި މިހާރަށްވުރެ ސަރުކާރު ޒިންމާދާރުވުމަށާއި ރައްޔިތުންނަށްވީ ވައުދު ފުއްދުމުގައި ސަރުކާރުން އުޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައި އެވެ."ނިކަމެތި ނުކުރޭ" ނަމުގައި ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ ޑރ. މުއިއްޒުގެ އިސްތިއުފާ އަށާއި ދާއިރާގެ މެންބަރު އަލީގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާފައި އެވެ.މީ ހޯރަފުށީގައި ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި މީ މިހާ ފާޅުކަން ބޮޑުކޮށް ހޯރަފުށީ ދާއިރާގެ މެންބަރެއްގެ އިސްތިއުފާއަށް އެ ދާއިރާގެ ރައްޔިތުން ނިކުމެ ގޮވި ފުރަތަމަ ފަހަރެވެ.