ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކަނޑު އުޅަނދުފަހަރު މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ގާއިމުކޮށްފި
އިސްމާއިލް ރިޒާ
05 އޯގަސްޓް 2025 - 12:16
0
comments
Tweet
Telegram
ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ (ޔޫއޭއައިއެސް) ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ތައާރަފްކޮށް، ބޭނުންކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިއީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމުކުރި ނިޒާމެކެވެ.
ސީޕޯޓް ޑިވިޝަނުން ގާއިމުކުރި މި ނިޒާމާއެކު މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށެވެ.
މީގެކުރިން ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ވަގުތައް ހޯދަނީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށެވެ. އެކަމަކު އެ ސިސްޓަމާއެކު އިމިގްރޭޝަނަށް އުޅަނދުތައް މޮނިޓާކުރެވޭނެ އެވެ.
"ކުރީގައި އަމަލުކުރާ ގޮތަކީ އީޓީ ލިބުނީމަ ގުޅުން ހުރި އެހެން މުއައްސަސާތައް، އެމްޕީއެލް، ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ބޯޓު ވަންނަ ގަޑިއަށް އޮފިސަރުން ތައްޔާރުކޮށް ބޯޓަށް ދިއުމަށް ތައްޔާރުވަމުންދަނީ. އެ ބޯޓު ފަހަރު ފުރައިގެންދިޔަތޯ، ބޯޓު އޮތީ ކޮން ހިސާބެއްގައިތޯ، ރާއްޖެއަށް ވަންނަން އައި ބޯޓު އަންނަން ކިހާ ހިސާބެއްގައި އޮތްތޯ މިހާރު ދެނެގަނެވޭނެ. ކެޕޭސިޓީ ބިލްޑު ކުރުމުގެ ގޮތުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް މީއީ،" އިމިގްރޭޝަނުން ބުންޏެވެ.
ޔޫއޭއައިއެސް އަކީ ކަނޑު ބޯޓު ވަދެ ނުކުމެ އުޅޭއިރު ޓްރޭސް ކުރާ ސިސްޓަމެކެވެ. އިންޓަނޭޝަނަލް ޕޯޓުތަކުގައި އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ވެސް އެ ސިސްޓަމް އަންނަނީ ބޭނުން ކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
ޝައްމާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
3 މަސް ކުރިން
0
ނުފުރިފައި ތިބި ފަތުރުވެރިންގެ ވިސާ އިތުރުކުރަން ނިންމައިފި
5 މަސް ކުރިން
0
ވެލާނާ އެއާޕޯޓުގައި 10 އީ-ގޭޓް ހަރުކޮށް، ހިދުމަތް ދޭން ފަށައިފި
6 މަސް ކުރިން
0
ޝަމްއާންގެ ބަންދު ދަމަހައްޓައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސަށް ނިސްބަތްކުރައްވައި ޝައްމާން ދެއްކެވީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު
2 ގަޑިއިރު ކުރިން
0
ޝައްމާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
3 ގަޑިއިރު ކުރިން
0
އިއްޔެ ދެއްވި މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
5 ގަޑިއިރު ކުރިން
0
އައްޑޫ އެކްސިޑެންޓުގައި ރަމީޒް ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
6 ގަޑިއިރު ކުރިން
0